ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް މާދަމާއިން ފެށިގެން ލައިވްކުރަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ކުރިއަށްދާ ޝަރީޢަތުގެ އަޑުއެހުންތައް ލައިވް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

Ads by Hajj Corporation

މިހާރު ކޯޓުގައި ކުރިއަށްދަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެންނާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރާ ދައުވާތަކުގެ ޝަރީއަތެވެ. މި ޝަރީޢަތުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް ޔާމީންގެ ފަރާތްޕުޅުން އެދެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

މި ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ މެންދުރު 1:00އަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތަޢާވަލުކޮށްފައެވެ. އެ ކޯޓުން ބުނީ ޔޫޓިއުބު މެދުވެރިކޮށް ޝަރީޢަތް ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީނާ ދެކޮޅަށް ކުރިއަ ށްދިޔަ ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލައިގެ އަޑު އެހުންތައް ވެސް ލައިވްކޮށްފައިވެއެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 5 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!