ދީން

މުޖުތަމައުގެ އަޚްލާޤީ ފެންވަރު ދަށްވަނީ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ނުދެވޭތީ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ހަރުދަނާ އާއިލާއެއް ބިނާ ކުރުމުގެ މައްޗަށެވެ.

އިންސާނީ މުޖުތަމަޢެއް އުފެދެނީ ކުދިކުދި އާއިލާތަކަކުންނެވެ. އެހެންކަމުން މި ކުދިކުދި އާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ، ހަރުދަނާ މުޖުމަތަމަޢެއް ބިނާ ނުކުރުވޭނެކަން އަހަރުމެން ދަންނަން ޖެހޭނެއެވެ.

މިއަދު އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަޚްލާގީ ފެންވަރު، ދުވަހުން ދުވަހަށް ދަށްވަމުންދާ ވާހަކައެވެ. މުޖުތަމަޢުގެ އަޚްލާގީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑެތިވަމުން އަންނަ އަހަރެމެންގެ ދަރީންނަށް ރަނގަޅު ހަރުދަނާ ތަރުބިއްޔަތެއް ނުދެވުމެވެ.

ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައިކަން ކަށަވަރެވެ. އޭގެ ފަހުން އެކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެންދަނީ، އެކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ ސަބަބުންނެވެ.

ލޮބުވެތި ނަބިއްޔާ (ޞޢވ) ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ފަހެ އެކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުދިންގެ މައިންބަފައިންނެވެ.

މުޖުތަމަޢު ބިނާ ވަނީ ކުދިކުދި އާއިލާތަކަކުން ކަމުގައިވީ ހިނދު، އާއިލާއެއްގެ ބިންގާ އެޅުމުގެ ކުރިން ވިސްނަން ޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް ދީންވެރި، ޚުލްޤުހެޔޮ މީހަކު އިހްތިޔާރު ކުރުމެވެ.

ރަސޫލާ (ޞޢވ) ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

އަންހެނުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ތިބާ ބަލައިލާ ހިނދު، ތިބާއަށް އުފާވެރިކަން ގެނުވާ އަދި ތިބާ އޭނާއަށް އަމުރެއް ކޮށްފިނަމަ ތިބާއަށް ކިޔަމަންވާ، އަދި ތިބާ ނެތް ތަނުގައި ތިބާއަށް އިއްފަތްތެރިވެ، ތިބާގެ މުދަލަށް ރައްކާތެރިވާ އަންހެނާއެވެ.

ރަނގަޅު އާއިލާއެއް ބިނާ ކުރުމަށް އެދޭނަމަ، ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިއަކު އިހްތިޔާރު ކުރަން ޖެހެއެވެ. އިހްތިޔާރު ކުރެވޭ އަންހެން މީހާގެ ކިބައިގައި ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިމީހާގެ ކިބައިގައި ވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހެއެވެ. މިގޮތުން ދީންވެރި، އޯގާތެރި، ހުލްޤު ހެޔޮ މީހަކު، ހަޔާތުގެ ބައިވެރިއަކަށް އިހްތިޔާރު ކޮށްފިނަމަ އެމީހަކަށް ހިތްހަމަޖެހުމާއި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!