ޚަބަރު

ގަވާއިދާ ހިލާފަށް ރުއްގަސް ނަގާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ރުއްގަސް ހިމާޔަތްކޮށް ރަށްތައް ފެހިކުރުމަށް ބާރު އެޅުމަށް އެކުލަވައިލައިފައިވާ "ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" ތަންފީޒުކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

މި ގަވާއިދުގައިވާ ގޮތުން ރަށަކުން 50އަށް ވުރެ ގިނަ ރުއްގަސް ގެންދާ ނަމަ އެކަމުގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެއެވެ. އަދި ރުއްގަސް ގެންދެވޭނީ  އެތަކެތި ނަގާއިރު މޫގަނޑުގައި ހަރުލައިފައި ހުންނަ ކަޅުފަސް ނޫނީ ނުހިމެނޭ ގޮތަށެވެ.

މި ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ

ގަވައިދާ ހިލާފަށް ރުއްގަސް ނަގާ ނަމަ:

  • - ފުރަތަމަ ފަހަރު، 50،000ރ.އިން ޖޫރިމަނާ ކުރެވޭނެ
  • - ދެވަނަ ފަހަރު، 100،000ރ.އިން ޖޫރިމަނާ ކުރެވޭނެ
  • - ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ، 150،000ރ.އިން ޖޫރިމަނާ ކުރެވޭނެއެވެ. ރުއްގަސް ގެންދާއިރު ހުއްދަވާ މިންވަރަށް ވުރެ އިތުރަށް ކަޅުވެލި ގެންގޮޮސްފި ނަމަ ނުވަތަަ ރުއްގަސް ނަގާ ވަޅުގަނޑަށް ކުނި ނުވަތަ ލޮނު ވެލި އަޅައިފި ނަމަ:
    • - ފުރަތަމަ ފަހަރު، 15،000ރ.އިން ޖޫރިމަނާ ކުރެވޭނެ
    • - ދެވަނަ ފަހަރު، 50،000ރ.އިން ޖޫރިމަނާ ކުރެވޭނެ
    • - ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ 100،000ރ.އިން ޖޫރިމަނާ ކުރެވޭނެ

    ރުއްގަސް ނެގުމާ ބެހޭ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވުމާއި ރިޕޯޓު ނުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނެ:

    • - ފުރަތަމަ ފަހަރު، 5،000ރ.އިން ޖޫރިމަނާ ކުރެވޭނެ
    • - ދެވަނަ ފަހަރު، 10،000ރ.އިން ޖޫރިމަނާ ކުރެވޭނެ
    • - ތިންވަނަ ފަހަރާއި، އޭގެ އިތުރަށް ހުއްދަ ނުހޯދައި، އެއްވެސް ކަމެއް ކޮށްފިނަމަ 15،000ރ.އިން ޖޫރިމަނާ ކުރެވޭނެ

މީގެ ކުރިން ވެސް އީ.ޕީ.އޭގެ ގަވާއިދުތަކާއި ހިލާފަށް ރަށްރަށުން ރުއްގަސް ނަގައިގެން އެކި ފަރާތްތައް ޖޫރިމަނާކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!