ކުޅިވަރު

ރޭގެ މެޗުތައް އެމްއޭސީއެލް، ސްޓެލްކޯ، ޕޮލިސް އަދި އެމްއެންޑީއެފަށް

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސްޓެލްކޯ އާއި ޕޮލިސް ކްލަބާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މޮޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ޓީމް އިވެންޓު މެޗުގައި އެމްއޭސީއެލުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގޭމުން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ.

އެ މެޗުގެ ފުރަތަމަ ގޭމު އެމްއޭސީއެލުން ކާމިޔާބުކުރީ 4-3 ފްރޭމުންނެވެ. ދެވަނަ ގޭމު 1-4 ފްރޭމުން ކަސްޓަމްސް ގެންދިޔަ ނަމަވެސް، ފަހު ގޭމު 4-2 ފްރޭމުން ގެންދިޔައީ އެމްއޭސީއެލުންނެވެ.

ރޭ ކުޅުނު މެޗުގައި ޓްރޭންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަތުން ޕޮލިސް ކްލަބު މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމުން ޕޮލިސް މޮޅުވީ 4-1 ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން ޕޮލިސް ގެންދިޔަ އިރު، ޕޮލިހުން ފަހު ގޭމު ގެންދިޔައީ 4-3 ފްރޭމުންނެވެ.

ރައީސް އޮފީސް އަތުން ސްޓެލްކޯ މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު ސްޓެލްކޯ އިން ގެންދިޔައީ ސީދާ ހަތަރު ފްރޭމުންނެވެ. ދެވަނަ ގޭމު 4-2 ފްރޭމުން ރައީސް އޮފީހުން ގެންދިޔަ ނަމަވެސް، ފަހު ގޭމު 1-4 ފްރޭމުން ގެންދިޔައީ ސްޓެލްކޯއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެކޮޅަށް ކުޅުނު މެޗުން އެމްއެންޑީއެފް މޮޅުވީ 1-2 ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމު 4-3 ފްރޭމުން ކާމިޔާބުކުރީ އެމްއައިބީއެވެ. ދެވަނަ ގޭމު ސީދާ ހަތަރު ފްރޭމުން އެމްއެންޑީއެފް ގެންދިޔަ އިރު، ފަހު ގޭމު އެމްއެންޑީއެފުން ގެންދިޔައީ 1-4 ފްރޭމުންނެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 13 ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕޮލިސް ކްލަބު، އެމްއެންޑީއެފް، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ، ޓީއެމްއޭ، ފެނަކަ، އެމްޓީސީސީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޓީމް އިވެންޓު ދެ ގްރޫޕަކަށް ބަހާލައިގެން ޖުމްލަ 63 މެޗު ކުޅޭނެއެވެ. ފިރިހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި 63 ކުޅުންތެރިން ވާދަކުރާ އިރު، ޖުމްލަ 44 މެޗެއް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަނުގެ ސިންގަލްސް އިވެންޓުގައި ވާދަކުރާނީ އަށް ކުޅުންތެރިންނެވެ. އެ އިވެންޓުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!