ދެ މުސޮޅެއްގެ ވެރި ފަރާތް ހޯދަން ފުލުހުން މަސައްކަތް ކުރަނީ

ދެ މުސޮޅެއްގެ ވެރި ފަރާތް ހޯދަން ފުލުހުން އިޢުލާން ކުރައްވައިފިއެވެ.
މިއަދު ކުރި ޓްވީޓެއްގައި ފުލުހުން ވިދާޅުވީ، ޖޫން 10ވަނަ ދުވަހު، ބައު ޖަމާލުއްދީން ކައިރިން ފެނިގެން އާންމު ފަރާތަކުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދެ މުސަޅު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށާއި މި ދެ މުސަޅުގެ ވެރިފަރާތުން ގަލޮޅު ޕޮލިހަށް ހާޒިރުވެ މުސަޅުތަކާ ހަވާލުވުމަށް އެދޭ ކަމަށެވެ.
އިތުރުު މައުލޫމާތު ހޯއްދެވުމަށް 9631696 ގުޅުއްވުމަށް ފުލުހުން އެދެއެވެ.