ޚަބަރު

ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމަށް މައުލޫމާތެއް ނުދެން: ޔޫތު މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމެއްގައި ، ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމަށް ބުނެ މައުލޫމާތު ދިންކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.

Ads by MWSC

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމްގެ ތެރެއިން އެ ފަދަ އެއްވެސް މައުލޫމާތެއް ދީފައި ނުވާނެކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އެ މިނިސްޓްރީންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ހަފްތާ ރެސް ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާތާ ތިން އަހަރު ފާއިތުވެފައިވާ އިރު، އެފަދަ އެއްވެސް ކަމެއް ހިނގައިފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ނުހިންގާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދެއްވައިފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެ ޕްރޮގްރާމްގެ ބޭނުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި، ދިރިއުޅުމުގެ ރީތި އާދަތައް މުޖުތަމައުގައި އަށަގެންނެވުން ކަމަށެވެ. އެފަދަ ރަނގަޅު މަގުސަދެއްގައި، މުޖުތަމައުއަށް ފައިދާވާ ގޮތަށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުބާރު ގެއްލޭ ގޮތަށް، އެއްވެސް އަސްލެއް ނެތް ވާހަކަތައް ފަތުރާތީ އެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

Ads by HDC
  1. އިއްބެ

    ހަޤީޤަތާއިޚިލާފައްމިފަދަނުރއްކާތެރިވާހަކަދައްކާފަރާތްތަކަށްފިޔަވަޅުއަޅާދައުވާނުކުރެވެނީކީއްވެތޯއެވެ

  2. ބޭބެ

    ތިޔަ ޔޫތުމިނިސްޓަރު މިނިސްޓަރުކަމުގަހުރިއްޔާ
    ނުކުރާ ވަރުކަމެއްނޫން !
    ތިތެޚެނީ ގޮވުނު ކޮސް ފޫބައްދަން ހަދާނެ ދޮގު ގިނަ ކަމުން
    ގޮތްހުސްވެގެން ލާދީނީބައިގަނޑު

  3. އިބްރާހިމް ފަޒީލް

    ކުއްތާ