ބަހަކުން ސައިކަލެއްގައި ޖެހި ދުއްވަން އިން މީހާއަށް އަނިޔާވެއްޖެ

ބަހަކުން ސައިލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، މާލެ ބްރިޖް ލައިޓް ކައިރިން އެމްޓީސީސީގެ ބަހަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ހަވީރު 15:14 ހައިއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓްވުމުގެ ސަބަބުން 54 އަހަރުގެ އަންހެނެއްގެ ފައިގެ ހަންގަނޑު މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.