ބަނގުރަލުގެ މައްސަލައެއްގައި ފުލުހަކު ފިލައިގެން އުޅޭ ވާހަކަ ދޮގުކޮށްފި

ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ފުލުހަކު ހިމެނޭ ކަމަށާއި އޭނާ އުޅެނީ ފިލައިގެން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން، ފުލުހުން އެކަން ކުށްވެރިކޮށްފިއެވެ.
ބަނގުރާ ކޭސްތަކެއް ހިފައިގެން ދިޔަ ފުލުހަކު ފިލިކަމަށް ނޫހަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ވިދާޅުުވީ، އެއީ ސައްޙަ މައުލޫމާތެއް ނޫން ކަމަށާއި، އެފަދަ މައުލޫމާތު ނުފަތުރަން އެދޭ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިއީ މިމަހުގެ 13ވަނަ ދުވަހުގެ ފަތިހު 5:30 ހައިއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަނިކޮށް، ޕިކަޕަކަށް ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަނިކޮށް ފެނުނު މައްސަލައެކެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝް ދެ ރައްޔިތުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ހައްޔަރުކުރި ދެ މީހުންނާ އެކު އުޅުނު އިތުރު ދެ ބިދޭސީއަކު ވަނީ ފުލުހުން ފެނުމާ އެކު ފިލައިފައި ކަމަށެވެ. އަދި މި މައްސަލަ ތަހްޤީޤް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.