ދުނިޔެ

ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފި

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) ޖެހޭ މީހުންގެ އަދަދު ޗައިނާގައި މަދުވަމުން އައި ނަމަވެސް އިޓަލީ، ދެކުނު ކޮރެއާ، ޖަޕާން އަދި އީރާންގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ ދުނިޔެއަށް ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވާން ފަށައިފިއެވެ.

އިއްޔެ އެކަނި ވެސް ޗައިނާ އިން 150 މީހުން މަރުވެފައިވާއިރު އެހެން ގައުމުތަކުން މިހާތަނަށް 27 މީހުން ވަނީ މަރުވެފައެވެ. މިއާއެކު ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2619 އަށް އަރާފައެވެ.

ދެކުނު ކޮރެއާ އިން މިހާތަނަށް 602 މީހަކަށް ބަލި ޖެހިފައި ވާއިރު ޖަޕާނުގެ ވެސް 132 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި އިޓަލީން ވެސް ވަނީ 132 މީހަކަށް ބަލި ޖެހިފައެވެ. އީރާނުން އަދި ބަލި ޖެހުނު ކަން ކަށަވަރު ވެފައި ވަނީ 43 މީހަކަށެވެ. މީގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ.

މި ބަލި މުޅިން އަލަށް ފެނުނު ގައުމުތަކުގެ ތެރޭގައި ލުބްނާން އަދި އިޒްރޭލު ހިމެނެއެވެ. މީގެ އިތުރުން ޓައިވާނުން އިއްޔެ ވަނީ ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އެ ގައުމުން ޖުމްލަ 28 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!