ޔޯގާ ހަރަކާތަށް ހުރަސްއެޅުން އެމްޑީޕީން ސިފަކުރީ ނުބައި އަދި އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި
ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑުގައި ހިންގި އިވެންޓަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި އަމަލު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިބާވަތުގެ ނުބައި އަދި އަނިޔާވެރި އަމަލުތަކަކީ، އަޅުގަނޑުމެން ފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީއަކުން ނުދެކެން." އެ ބަޔާނުގައި ވިދާޅުވިއެވެ.
މި މައްސަލައިގެ ސީރިއަސް ތަހުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހައިތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވިދާޅުވިއެވެ.
ކޮން ޑިމަކުރެޓިކެކޭތޯ؟ އެއީ ކޯޗެށްތޯ؟ ބަލަމީއިސްލާމުން ވީއިރު އައްޅޯހުތައާލާ އާއި އެކަލާނގެ ރަސޫލާ މަނާކުރައްވާ ފައިވާ ކަން ތައްތަށް ކުރިޔަށް ނެރެ އެކަލާނގެއާއި ރަސޫލާގެ އަމުރުފުޅަށް ގޮންޖެއްސެވަމަށް ފަހު ސަރުކާރުން ނާއި ސރ ބައިވެރިވާ ބައިގަޑު ތިޔަހިންގަމުން ގެއްދާ އަމަލުތަކަށް މާދަމާ ޑިމަކުރެޓޭ ހުނިގޮޑިއޭ ކަތިވަޅިއޭ ކިޔައިން ސަލާ މަތް ވާނެތޯ؟އައްޅޯހު ތައާލާގެ ހަޒްރަތުގައި ވަނީ ހަމައެކަނި އިސްލާމް ދީން އެދީނެއް ޑިމަކުރެޓިކެށް ޔޯގާއެ ނުދަނޭ ވީމާ މާދަ އާއި ބައްދަލުކުރަން ޖެހޭކަން ތިޔަ ޕޯޗުގީޒު ބައކގަޑަށް ހަދުމަ ކޮށްދެން
އެމްޑީޕީ އަކީ އިގިރޭސި ވިލާތުގައި ތިބި ހިންދޫ ޤާދިޔާނީ ފިކުރުގެ މީހުންނާއި އިގިރޭސި ވިލާތުގައި ކިޔަވަންތިބި މީހުން މީގެ 25 އަހަރު ކުރިން އުފެއްދި ބައިގަޑެއް އޭތި ފޮޅެމުން އައިސް 2004 ގައި މާލެ ބަދަރު ކުރި، 2008 ގައި އޭތި ފޯދި މާތަށް އެޅި މިހާރު ފޮނިބޮނީ ދޮންވެ ފައްކާވެގެން !