Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ވިޔަފާރި

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅު ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅު ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން

ރާއްޖޭގެ ތާރީހީ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ފަށައިފިއެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިޔަށް ގެންދާ މި މަސައްކަތް ފާއިތުވި އަހަރުތަކުގައި ވެސް ކުރިޔަށް ގެންގޮސްފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށް ހިލޭސާބަހަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ. މި މަސައްކަތް މިއަދު ފައްޓަވައިދެއްވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފާއި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޠާރިޤް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދުގެ މަސައްކަތް ފެށުމަށް ބޭއްވި ކުޑަ ރަސްމިއްޔާތަށް ފަހު އެމްޑީ އަޙްމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި، އެ ކުންފުންޏަށް އާމްދަނީ ލިބެނީ ވެސް ރައްޔިތުންގެ އަތުން ކަމަށެވެ. އެހެންކަމުން އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި މިފަދަ މަސައްކަތްތައް ކުރުމަކީ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީޑިއާތަކާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީހާއި ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތެއް ކަމަށާއި މިފަދަ ތަންތަން ބެލެހެއްޓުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ސްޓެލްކޯގެ ފަރާތުން ވެދެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް އެ ކުންފުންޏަށް ޔުމްނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ހުކުރު މިސްކިތާއި މުންނާރު ބެލެހެއްޓުމުގައި އަޅައި ނުލެވި އެތަން ހަލާކުވާތީ ސްޓެލްކޯއިން އިސްވެ އެ ތަންތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ހަވާލުވީ 2019ވަނަ އަހަރުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް