ޚަބަރު

ވައިރަހުގެ ބިރު ރާއްޖެއަށް އޮތް ނަމަ ރައްޔިތުންނަށް ހަގީގަތް ހާމަކުރޭ: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހުގެ ބިރު ރާއްޖެއަށް އޮތް ނަމަ ދިވެހި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިއްޔެ ވަނީ ޖަޕާނާއި، ސިންގަޕޫރު، ހޮންކޮން، ދެކުނު ކޮރެއާ، ތައިލެންޑު، އީރާން އަދި އިޓަލީއަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްްކޮށްފައެވެ.

މިކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރު ނެތްކަމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ބުނުމަށް ފަހު، އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް މަޢުލޫމާތެއް ރައްޔިތުންނަށް ހިއްސާ ކުރެއްވުމެއް ނެތި، ކުއްލިއަކަށް އެވައިރަސް ރާއްޖޭގައި ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ފަދަ ގޮތަކަށް ބަޔާނެއް ނެރުމުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އޭގެ އިތުރުން ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައިވާތީ އެކަމުން ދޭހަވަނީ ރާއްޖޭގައި އެބަލި ފެތުރުމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށް ވެސް ޕީޕީއެމުން ބުނެ އެވެ. ނަމަވެސް މިކަމުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް މިންވަރަކަށް އަޅުއްވާފައި ނުވާކަމަށާއި އެކަމަށް އެއްވެސް މިންވަރަކަށް ރައްޔިތުން ހޭލުންތެރި ކުރުވާފައި ނުވާކަމަށެވެ. އަދި އެ ވައިރަހާއި ގުޅިގެން ސަރުކާރުގެ ފަރާތުން ދެމުން ގެންދިޔަ މައުލޫމާތުތައް މެދު ކެނޑިފައި ވުން އެއީ މިކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުންކަމަށް ވެސް ފާހަގަކުރެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ރާއްޖޭގައި އޮތްނަމަ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމާއެކު އެވައިރަހާއި ބެހޭ ގޮތުން ލިބިދޭންޖެހޭ ފުރިހަމަ މައުލޫމާތުތައް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަދި ހާލަތަކީ އެއީ ނޫންކަމުގައި ވާނަމަ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެފަދަ ގޮތަކަށް ބަޔާންތައް ނެރުއްވުން ހުއްޓުވާލައްވާ، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށްވެސް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

ބޭރު ގައުމުތަކަށް ދަތުރު ކުރާއިރު، އެ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި ސަރަހައްދުތައް ދެނެގަނެ، ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިއްޔެ އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހުން އައިސްފައި ތިބޭ މީހުންގެ ކައިރީގައި ނޫޅުމަށާއި، ގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!