Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޔޯގާ ހަމަނުޖެހުން: މުޙައްމަދު އިސްމާޢިލްއާއި އިތުރު މީހަކު ހައްޔަރަށް

ޔޯގާ ހަމަނުޖެހުން: މުޙައްމަދު އިސްމާޢިލްއާއި އިތުރު މީހަކު ހައްޔަރަށް

އަންގާރަ ދުވަހު ހެނދުނު ޔޯގާ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލްއާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މުޙައްމަދު އިސްމާޢީލްއާ އެކު ދެން ހައްޔަރުކޮށްފައި ވަނީ މުޙައްމަދު ރަޒާން ކިޔާ މީހެކެވެ. މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ކާނިވާ ސަރަހައްދުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނައިރު އިއްޔެ ވަނީ މި މައްސަލައާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ހަތަރު މީހަކު 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު ދެ މީހަކު 4 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް