ޚަބަރު

މެންބަރުން ހަވަރަށް ދޭތަން ބަލާކަށް ނުހުންނާނަން: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަންގަވަން އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންނެވީ، މަޖިލީހުގެ ބައެއް މެންބަރުންނަށް ތުހުމަތު ކުރެވޭ ބަދުއަހްލާގީ އަމަލުތަކެއް ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ލީކުވަމުންދާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވައި ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެއްވެސް މައްސަލައެއްގައި މަޖިލީހުގެ މެންބަރަކު ފުލުހަށް ހާޒިރުކުރާ ނަމަ، އެކަން މަޖިލީހުގެ ރައީސަށް އެންގެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ސިޓީ ހިއްސާ ކުރަމުން ރައީސް ނަޝީދު ވިދާޅުވީ، މެމްބަރުންގެ ޒާތީ ކަންކަމުގައި މެމްބަރުން ހަވަރަށް ދޭކަށް ތައްޔާރު ނޫން ކަމަށާއި އެކަމުގައި މެމްބަރުންނާ އެކީ ވީހާލެއްގައި ވާނެ ކަމަށެވެ.

ނަޝީދު މިގޮތަށް އެދިވަޑައިގެންނެވި އިރު، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ކަމަށް ބުނާ މީހަކު އަންހެނަކާއި އިތުރު ފިރިހެނަކާ އެކު ބަރަހަނާ ހާލުގައި ތިބޭ ފޮޓޯއެއް ވަނީ ލީކްވެފައެވެ. އަދި އެއް ޖިންސުން ގުޅުން ހިންގި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށް ތުހުމަތުކޮށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރިއެވެ.ސަލީމް ވަނީ އޭނާ ނުކުރައްވާ ކަމެއްގެ ތުހުމަތު އަޅުވައި އަބުރު ނަގައިލިކަމަށް ވިދާޅުވެ މައްސަލަ ތަހުގީގު ކޮށްދޭން ފުލުސް އޮފީހުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ލީކުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ހިމެނެއެވެ.

Ads by HDC
  1. ތެދުބަސް، ހައްގު

    މެންބަރުންނަކީ ނަޝީދު ހޮވާފަތިބިބައެއްތަ ތިޔަބުނާ ފާހކށު އަމަލު ހިންގާ މެންބަރުން ހޮވިފަރާއްތަކުން އެބުނަނީ ހައިޔަރު ކުރާށޭ އިސްތިއުފާ ދޭށޭ އަދިމެންބަރުން ހަވަރަށް ދިނަސް ނުދިނަސް ނޝ ދަށް ކުރެވޭނެ ކަމެށް ނޯއްނާނެ ކުށެއް ކޮއްފިއްޔާ ގނ އަރާހަމަކުރާނެ

  2. ޙަސަންއަލީ

    ހިތުން މެމްބަރުންގެ ތާއީދުހޯދަން އެއުޅެނީ. މީ ގާނޫނަށްވުރެ މަތީ ބޭކަލެއްތަ؟

  3. ޢަވާމެނދުރު

    ތިބުނީމަުމޫނުދައުރުގާ ދަގަޑުތޫނުކޮންގެން ވެރިކަން ބަދޅުކުރަނ ވެގެން އެދަގަޑުތަން ހިފާގެންިފަހަތުވެސް ނުކުންނަންވެގެގެންތަ އެފަސޭހަޔަކަން އިންޑިޔާ ސިފައިން ރާޖޭގަ ބާތިެްބާގެން އުޅެނީވެދް

  4. ދިނަށަ

    ގްރޫޕްސެކްސް އާ ލިވާތުކުރާތަން ބަލަން މީނަ ހުންނާނީ މިހާބޮޑަށް ހަސަނާ އެއްކޮޅަށް މިހިފަނީ ކޮއްކޮ އަށް ސަޕޯޓް ދޭންވެގެން ކަމަށް ބެލެވެނީ. ދީނުގަ ހަރާމް ކުރައްވާފައިވާ ކަންތައް ކުރީމަވެސް މި ބުނަނީ ޒާތީ ކަން ތަކޭ އަދަބެއް ދީގެން ނުވާނެޔޭ. މިފަދަ މީހުންނަށް މުސްލިމުންނޭ ކިޔުން ހައްގުބާ!

  5. ިރީއްޗެއްނު

    މިފެންނަނީ އިސްލާމީޝަރީޢަތް ނުކިޔަވާ ތިބޭމީހުން މަޖިލިސް ކުރާގެއަށް ވެއްދީމާ ވާނެގޮތް. މޖހާރުން މިހާރަށްވެސް އިސްލާމި ޝަރީޢަތު ެ އިލްމު ނުއުގެނި ތިބި އެންމެން ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލަންވީ.