ޚަބަރު

ޖާބިރުގެ ޑީއާރުޕީން ވެސް 3000 މެމްބަރުން ހަމަކޮށްފި

އިބްރާހިމް ރަފްހާން

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޑީ.އާރު.ޕީން ވެސް 3000 މެމްބަރުން ހަމަކޮށްފިއެވެ.

މެމްބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދިން މުއްދަތުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށްފައި ވާތީ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ޕާޓީއަށް އެކަމުގެ ލިޔުން ފޮނުވައިފައެވެ. ޑީ.އާރު.ޕީއަކީ ރާއްޖޭގައި ދެވަނައަަށް އުފެދުނު އަދި މީގެ އަހަރުތަކެއް ކުރިން ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަކޮށް ފެނުން އެއް ޕާޓީއެވެ. އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ އެ ޕާޓީ އަޑިއަޅައިލީއެވެ.

3000 މެމްބަރުން ހަމަ ކުރުމަށް އިލެކްޝަންސްއިން ނޯޓިސް ދިން އެމްއާރުއެމްއާއި އެމް.ޓީ.ޑީން ވެސް ވަނީ މުއްދަތުގެ ތެރޭގައި އެ އަދަދަށް މެމްބަރުން ހަމަކޮށްފައެވެ.

ރާއްޖޭގައި އުފައްދައިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވެފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމްއެވެ. މި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއެވެ.

  1. މަކިޓާ

    ކޮބާހޭ ކޭބަލް ކާެރު ސާއްޅާ

  2. އަހުންގެ ވޯޓު ދެންވެސް ޖާބިރުބެއަށް. ހުރިހާ ރޯލަކަށް ފިޓް. ޖާބިރަށް ދޭ ވޯޓުން ފައިދާވޭ.