ޚަބަރު

މަރުވެދާނީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި: ނަޝީދު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން ރައީސް ނަޝީދު--

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ޕާޓީއެއް އުފައްދަވައިފާނެ ކަމަށް ދެކެވޭ ވާހަކަތައް އެ މަނިކުފާނު ދޮގުކުރައްވައިފިއެވެ.

Ads by STELCO

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި، ޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. ނަޝީދު ފެކްޝަނުން މީގެ ކުރިން ވަނީ ނަޝީދު ބާކީކުރަން އުޅޭކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ.

ރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ"ގެ ފަސްވަނަ ޕްރޮގްރާމްގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެއީ "ކުރާ ކަހަލަ ސުވާލެއް" ވެސް ނޫން ކަމަށެވެ.

އެމްޑީޕީ ނޫން އިތުރު ޕާޓީއަކުން ދުވަހަކު ވެސް ނުފެންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެއް، އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑު މަރުވެދާނީ ވެސް އެ ގޮތުގައި ކަމަށް، އެހެންވީމަ އެ ނޫން ގޮތަކަށް އެކަމެއް ނުފެންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ދުރުވިސްނޭ ޕާޓީއެއް ކަމަށާއި ޕާޓީގެ ތެރޭގައި އޮތް ބައިބައިވުންތަކަށް ވެސް "ފުޅާ ހައްލެއް" ހޯއްދަވާނެ ކަމަށެވެ.

Ads by HDC
  1. މުންޖިޗޭ

    އޭރުން ސުވަރުގެއިން ގަނޑުވަރެއް ލިބެނީތަ؟

  2. ޢަވާމެނދުރު

    ތިޔައީލިބޭނެ.ވ ބޮޑުފަހުރެން ފުރިހަމަމުސްލިމެއްގެ ގޮތުގާދިއުމަށްވުރެ