ޚަބަރު ސިޔާސީ

ބޮޑު ދެ ޕާޓީގެ މައްޗަށް ކުރި ހޯދައި ކޮމަންޑޫ އަންހެނުން ކޮމިޓީގެ ގޮނޑި އެމް.އެން.ޕީން ކާމިޔާބުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ށ. ކޮމަންޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމް.އެން.ޕީގެ ކެންޑިޑޭޓު ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

އެމް.އެން.ޕީގެ ކެންޑިޑޭޓް ޒައީމާ އާދަމް މި އިންތިހާބު ކާމިޔާބު ކުރީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ ވެރިކަން ކުރާ އެމް.ޑީ.ޕީ އަދި އިދިކޮޅު ޕީ.ޕީ.އެމްގެ ކެނޑިޑޭޓުންގެ މައްޗަށް ކުރި ހޯދުމަށް ފަހުގައެވެ.

މިއަދުގެ އިންތިހާބުގައި ކޮމަންޑޫގެ ޑަބްލިއުޑީސީއަށް ދެ މެމްބަރަކު އިންތިހާބުކޮށްފައިވާއިރު އެމް.އެން.ޕީގެ ކެންޑިޑޭޓުގެ އިތުރުން މަޤާމަށް އިންތިހާބުވީ އެމް.ޑީ.ޕީން ކުރިމަތިލި ކެނޑިޑޭޓެވެ. އެމްއެންޕީގެ ކެނޑިޑޭޓަށް މި އިންތިހާބުގައި 334 ވޯޓު ލިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި އެމްޑީޕީގެ ކެނޑިޑޭޓް އައިޝަތު ވަހީދާއަށް ލިބިފައި ވަނީ 288 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 223 ވޯޓެވެ.

އެމް.އެން.ޕީ ވުޖޫދުވީ ފަހުން އެ ޕާޓީން އަންނަނީ އަންހެނުންގެ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކުގައި ވާދަކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!