ޚަބަރު އިޖުތިމާޢީ

ލަތީފަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮލަފާދެއްވި ބައިވެރިއެއް: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ލަޠީފް އަދި ރައީސް މުޙައްމަދު ނަޝީދު

އެމްޑީޕީގެ އެއް ބާނީ މުޙައްމަދު ލަޠީފް (ގޯގޯ ލަޠީފް)އަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮލަފާދެއްވި ބައިވެރިއެއްކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނަޝީދު މިހެން ވިދާޅުވީ ލަޠީފް އަވަހާރަވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ, އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާކަމަށްވާ ލަތީފް އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވުމަށް ފަހު ރޭ މެންދަމު 03:00ގައި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައެވެ.

ނަޝީދު ވިދާޅުވީ ލަޠީފަކީ އެ މަނިކުފާނުގެ ހަޔާތުގައި ދިމާވި ވަރަށް ހިތްހެޔޮ, ތެދުވެރި, ވަފާތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ ގިނަ ކަންކަމުގައި ހެޔޮލަފާދެއްވި ބައިވެރިއެއްކަމަށް ވެސް ވިދާޅުވިއެވެ.

ލަޠީފަކީ އެމްޑީޕީ އުފެއްދުމުގެ ކުރިން 1989ވަނަ އަހަރުގައި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!