ޚަބަރު

ނިހާދު، ހަސަން ލަތީފަށް: ޤާނޫން އަސާސީ އޮޅާލަން ރައްޔިތުން ފުރުސަތެއް ނުދޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤާނޫން އަސާސީ އޮޅާލަން ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިހާދު މިިހެން ވިދާޅުވީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލުފުުޅު ނުކުރެވޭ ކަމަށް، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ނިހާދު ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ދައްކާ ވާހަކަތަކެކެވެ. އަދި ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ބަރުލަމާނީ ނިޒާމެއް ނުގަނެވޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ކިތަންމެ ޕްރެޝަރެއް ކުރިޔަސް ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ބަރުލަމާނީ ގެންނަން އެއްބަސްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. ޤާނޫން އަސާސީ އޮޅާލަން ފުރުސަތެއް ނުދޭނެ ރައްޔިތުންނެއް." ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ހިިމެނިވަޑައިގަންނަވާ ގޮތަށް، އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!