ޚަބަރު

އެއްވެސް ޓެކްސްއެއް ބޮޑު ކުރަން އަދި ނިންމައިފައެއް ނެތް: ސަރުކާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް/ ފޮޓޯ: ރައީސް އޮފީސް

ޖީއެސްޓީއާއި ޓީ-ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

Ads by MWSC

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އޮންލައިން މީޑިއާ "އަވަސް"އަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، އާމްދަނީ ހޯދާނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ވަކި ކަހަލަ ޓެކްސްތަކެއް ބޮޑުކުރަން އަމާޒުކޮށްގެން އަދި އެއްވެސް ގޮތްތަކެއް ނިންމައިފައި ނުވާނެ ކަމަށެވެ.

އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްސް، ޖީއެސްޓީއާއި ޓޫރިސްޓުން އަތުން ނަގާ ޓެކްސް، ޓީ-ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާތައް ފަށާއިވާ ކަމަށް އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ.

ސަރުކާރުން ފަށައިފައިވާ މަޝްވަރާތަކުގައި ބައިވެރިވި ފަރާތްތަކާ ހަވާލީދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ކަމަށެވެ.

"އަވަސް"އިން ރިޕޯޓްކޮށްފައި ވަނީ، ޓެކްސް ނިޒާމަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރާނީ ކަމާ ގުޅޭ ހުރިހައި ފަރާތްތަކެއްގެ ހިޔާލު ހޯދައިގެން ކަމުގައި އޮފިޝަލު ވިދާޅުވި ކަމަށެވެ.

މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނެއް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011ވަނަ އަހަރުއެވެ. ޓެކްސް ނަގަން ފެށުމަކީ އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި އެ ޕާޓީގެ ސަރުކާރުން ކުރެވުނު ބޮޑު މަސައްކަތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!