1100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއްޖެ

ވޭތުވެދިޔަ ހަފުތާގައި ރާއްޖެއިން 1100އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ ކޮވިޑުގެ ހާލަތު ހުރި ގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި މަހުގެ ދެވަނަ ދުވަހާ ހަމައަށް މާލެއިން 391 މީހުންނާއި, އެހެނިހެން ރަށްރަށުން 297 މީހުންނާއި, ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން 446 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު މަދު އަދަދެކެވެ. ކުރީ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ފައްސިވީ 1202 މީހުންނެވެ.
ރާއްޖެއިން މިހައިތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ 182,720 މީހުންނެވެ. މި ބަލީގައި ނިޔާވެފައި ވަނީ 306 މީހުންނެވެ.