ޚަބަރު

ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއެއް ފިޓް ޖެހިގެން މަރުވެއްޖެ

ކ. ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއް ފިޓް ޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ފިޓު ޖެހިގެން މަރުވެފައިވަނީ 48 އަހަރުގެ ޔުކްރެއިން ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އޭނާގެ ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައިވާ ކަމަށާއި މަރުވީ ފިޓު ޖެހިގެން ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!