ޚަބަރު

ޝެއިޚް ފަޒްލޫނުގެ ބަންދަށް އަނެއްކާ ވެސް 16 ދުވަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝެއިޚް ފަޒްލޫން މުޙައްމަދުގެ ބަންދަށް އިތުރު 16 ދުވަސް ދީފިއެވެ.

Ads by Hajj Corporation

މިއީ ޝެއިޚް ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ.

ޔޯގާ ހަރަކާތް ހުއްޓުވައިފައި ވަނީ މިދިޔަ ޖޫން މަހު 21ވަނަ ދުވަހުއެވެ. ޝައިޚް ހައްޔަރުކޮށްފައި ވަނީ ޖެހިގެން އައި ދުވަހު ރޭގަނޑުގެ ވަގުތެއްގައެވެ.

ޝެއިޚް ފަޒްލޫނަށް ފުރަތަމަ ޖަހައިފައި ވަނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ.

މިއަދު ފުލުހުން އެދިފައި ވަނީ މައްސަލަ ނިމެންދެން ޝެއިޚް ބަންދުކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ދީފައި ވަނީ 16 ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!