ޚަބަރު

އީދު ދުވަހާއި ވަޅުއީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Police MV, Maldives Police Servce
ދެންއިމޭޖްސް

އަޟްހާ އީދު ދުވަހާއި ވަޅުއީދު ދުވަހު ވަކި ވަގުތެއްގައި މާލޭގައި ދުއްވާ އެއްޗެހި ނުދުއްވޭހެން، އެއީ ފައިމަގުގައި އުޅޭ ވަގުތުތަކެއް ކަމަށް މާލެ ކައުންސިލުން ނިންމައިފިއެވެ.

Ads by STELCO

އެ ދެ ދުވަހުގެ ހަވީރު 4އިން ފެށިގެން އިރުއޮއްސި 6 ޖެހުމާ ހަމައަށް ފައިމަގުގައި އުޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އެ ކައުންސިލްގެ 4ވަނަ ދައުރުގެ 59ވަނަ ރަސްމީ އާއްމު ޖަލްސާގައި ނިންމައިފައި ވަނީ، އެ ވަގުތުތަކުގައި ހާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދު ފަހަރު ދުއްވޭނެ ގޮތަށެވެ.

އީދު ދުވަހުގެ ވަކި ވަގުތުތަކެއް ފައިމަގުގައި އުޅުމަށް ހާއްސަކުރުމުގެ ގޮތުން މިދިޔަ ފިތުރު އީދުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދުއްވާ އެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!