މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު 30 ދުވަސް
މިދިޔަ މަހުގެ 21ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢިލްގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.
މުހައްމަދުގެ އިސްމާއީލް ހައްޔަރުކޮށްފައި ވަނީ ލެވެންޑާ ކެފޭގައި ސައިބޯން އިންނަވަނިކޮށް ޖޫން 22ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު ކޯޓުން އެންމެ ފުރަތަމަ ބަންދަށް ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން ބަންދަށް ނުވަ ދުވަސް ޖެހުމަށް ފަހު ތިންވަނަ ފަހަރަށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ޔޯގާ ހުއްޓުވުމަށް ހިންގި ހަމަނުޖެހުމާ ގުޅިގެން މިހައިތަނަށް ޖުމުލަ 21 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
Ads by Allied Insurance