ހެނބަދޫ މީހަކު ގެއްލިގެން ހޯދަނީ

ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފެނުނުއިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ. މިއަދުގެ ވަގުތެއްގައި އޭނާ ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އިބްރާހީމް ރާމިޒްގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
އިބްރާހީމް ރާމިޒް ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.