ދުނިޔެ

ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ނުރައްކާތެރި ވައިރަހެއް ގާނާއިން ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Marburg virus, coloured transmission electron micrograph (TEM). This tubular RNA (ribonucleic acid) virus causes Marburg haemorrhagic fever in humans and non-human primates. Symptoms of the rare and often fatal disease include fever, muscle pain, rash, diarrhoea and haemorrhage. The virus was first documented in 1967 when there were simultaneous outbreaks of haemorrhagic fever in laboratories in Marburg and Frankfurt in Germany, and in Belgrade in Yugoslavia. The outbreak was traced to vervet monkey tissue used in research. Magnification: x60,000 when printed 10 centimetres wide.

ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ މާބާގް ވައިރަހަށް ގާނާއިން ދެ މީހަކު ފައްސިވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އެބޯލާ ވައިރަހުގެ ބައެއް ސިފަތައް ހުންނަ މި ބަލި ޖެހިފައިވާކަން އެނގުނީ މަރުވި ދެ މީހަކު ބައްޔަށް ޓެސްޓް ކުރުމުން ކަމަށެވެ. ނަމަވެސް ޔަޤީން ކުރުމަށް ޑަބްލިއުއެޗްއޯގެ ލެބޯޓަރީއަކުން ޓެސްޓްކުރާނެ ކަމަށް ވިދާޅުވިއެވެ.

ގާނާގެ ދެކުނު އަޝާންޓީ ދިރިއުޅެމުން އައި މި  ދެ ބަލިމީހުންނަށް ވެސް ހޮސްޕިޓަލުގައި މަރުވުމުގެ ކުރިން ބޭރަށް ހިންގުމާއި ހުމާއި މޭނުބައިކުރުމާއި ހޮޑުލުން ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށްވެއެވެ.

މިއީ ހުޅަނގު އެފްރިކާގައި މާބާގް ފެތުރޭ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ވައިރަހުގެ އެއް ވޭދަނަ ގާނާއިން ފެނިފައި ވެއެވެ.

"ބަލި ފެތުރިދާނެ ކަމަށް ބަލާ މިދަނީ ސަލާމަތީ ފިޔަވަޅުތައް އަޅަމުން" ޑަބްލިޔުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

މާބާގް ވައިރަސް އާންމުކޮށް ގުޅިފައި ވަނީ ރޫސެޓަސް ވާލާއެވެ. މި ބަލި ފެންނަނީ މި ވާލުތައް ދިރިއުޅޭ ހޮހަޅަތަކަށް ނުވަތަ މައިންތަކަށް ހުށަހެޅުމުންނެވެ.

މި ބަލި ފެށެނީ ކުއްލިއަކަށް، ހުންގަދަވެ، ބޮލުގައި ވަރަށް ބޮޑަށް ރިއްސުމާއި، ނުތަނަވަސް ވުމާއެކުގައެވެ.

ވައިރަސްގެ ވޭދަނަ މެނޭޖްމަންޓަށް ބަލާފައި ވޭތުވެދިޔަ ބަލިތަކުގައި މަރުވާ މީހުންގެ ނިސްބަތް އުޅެނީ ބަލި ޖެހޭ މީހުންގެ 88 އިންސައްތައިގައެވެ. އަދި ވައިރަސްގެ ސްޑްރޭންޑަށް ބަލާ މި އިންސައްތަ 24 އަށް ވެއްޓެއެވެ.

މި ބައްޔަށް ފާސްކޮށްފައިވާ ވެކްސިންތަކެއް ނުވަތަ އެންޓިވައިރަލް ފަރުވާއެއް ނެތް ނަމަވެސް، އަނގައިން ނުވަތަ ލޭހޮޅިތަކަށް ރީހައިޑްރޭޝަން ދިނުމާއި ވަކި އަލާމާތްތަކަށް ފަރުވާ ދިނުމުން ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!