ޚަބަރު

އިންޑިއާ އޮފިޝަލުން ޖަލު ކަސްޓޯޑިއަލްއަށް ވެއްދި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަރނޭޝަނަލް ޔޯގާ ޑޭގެ ހަރަކާތަށް ހުރަސްއެޅުމުގެ ކުށުގައި ބަންދުކޮށްފައި ތިބި ފަރާތްތައް ބަންދުކޮށްފައި ތިއްބާ އެ ތަނަށް އިންޑިއާގެ އޮފިޝަލުން ވެއްދިކަމަށް ދިފާއީ ވަކީލުން ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

Ads by MWSC

ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭފުޅުން ވަނީ ހައްޔަރީން ހައްޔަރުކޮށްފައި ތިއްބާ، އިންޑިއާ އެންބަސީގެ ބޭފުޅުން އެ ތަނަށް ވަދެ، ބައެއް މީހުންނާ ހަޑިހުތުރު ބަހުން ވާހަކަ ދައްކައިފައިވާ ކަމަށެވެ.

އަދި އެ މީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް މަތިން އޯޑަރު އައުމުން ކަސްޓޯޑިއަލްގެ ތެރެއަށް އިންޑިއާ އޮފިޝަލުން ވެއްދި ކަމަށް ވިދާޅުވިއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި މިއަދު ފުލުހުން ނެރުއްވި ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެއީ ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށެވެ.

"ބަންދުގައި ތިބި މީހުންގެ ވަކީލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ގެނެސްދީފައި ވަނީ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ޚަބަރެއް" ފުލުހުން ވަނީ އެފަދަ ޚަބަރުތައް ގެނެސްދޭ އިރު، ހަޤީޤަތް ބެލުމަށް އިލްތިމާސް ކުރައްވައިފައެވެ.

"މިއީ ފުލުހުންގެ މުއައްސަސާގެ ތަޞައްވުރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފުރަތު އުފެދި، އިތުބާރު ގެއްލިދާނެ ފަދަ ކަމެއް"

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!