ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެއްޖެ: ފުލުހުން
ފަހަކަށް އައިސް ސައިކަލު ވަގަށް ނަގާ މައްސަލަ ބޮޑުވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދެއްކި ފުލުހުން ބުނީ
ފަހަކަށް އައިސް ސައިކަލު ވަގަށް ނަގާ މައްސަލަ އިތުރުވެފައިވާ ކަމަށާއި މަހެއްގެ މައްޗަށް 50-30 އާ ދެމެދުގެ އަދަދަކަށް މާލެއިން ވެސް އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ކަމަށެވެ.
ޢާންމުކޮށް ސައިކަލު ވަގަށް ނަގަނީ ސީސީޓީވީ ކެމެރާ ނުހުންނަ, މީހުން މަދު ސަރަހައްދުތަކުންކަމަށް ފުލުހުން ބުންޏެވެ. އަދި އެފަދަ މައްސަލަތަކަށް ބަލާއިރު ގިނަ ފަހަރަށް ވަގަށް ނަގަނީ ހަނދާން ނެތިގެން ތަޅުދަނޑި ޖަހާފައި ނުވަތަ ޝަޓާރ ލޮކް ނުކުރެވި ހުންނަ ސައިކަލުތައްކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެ ގޮތުން ސައިކަލު ޕާކް ކުރާއިރު ބޮޑަށް ރައްކާތެރި ތަންތަނުގައި ޕާކް ކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
ކަލޭމެން ވަގަށް ނަގާނީ.