ޚަބަރު

އަދާލަތުން ކުރާ މަސައްކަތަކީ ހިހޫތަނުން ކާން ބޭނުންވާ މީހުންނަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން: އިޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދެން އިމޭޖްސް

ގިނަ ދީނީ އިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ މަސައްކަތަކީ އަބަދު ހިހޫތަނުން ކާން ބޭނުންވާ މީހުންނަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް އެ ޕާޓީގެ ޖުޑީޝަލް ކޮމިޓީގެ ރައީސް ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަދާލަތު ޕާޓީގެ ދިފާއުގައި އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދަނީ ޓްވީޓް ކުރައްވަމުންނެވެ. އެ ޕާޓީގެ ދިފާއުގައި މެންބަރުން ނިކުމެފައިވަނީ، ރާއްޖޭގައި ދީނާ ޚިލާފުކަންކަން އިތުރުވި ނަމަވެސް އެކަންކަން ހުއްޓުވުމަށް އަދާލަތުން މަސައްކަތް ނުކުރާ ކަމަށް ބުނެ ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ، ދީނާ ސިޔާސަތަކީ ވަކި ކުރެވޭނެ ދެ އެއްޗެއް ނޫން ކަމަށެވެ. އަދި ދީނުގެ ހިމާޔަތުގައި މަސައްކަތް ނުކުރެވޭނަމަ އުދަނގޫ ނުކޮށް ބަލަން ތިބުމަށް ގޮވާލިއެވެ.

"ތިމާ މެންނަށް ނުވާނަމަ އުދަނގޫ ނުކޮށް، ކުޅިބަލަން ތިބީމަ ރަނގަޅުވާނެ" އިޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މިގޮތުން ވިދާޅުވެފައިވަނީ، ކާމިޔާބު ކަމާއެކު ކުރިޔަށްދާ މީހުންނަށް ހަސަދަވެރިވާ މީހުން ގިނަވާނެ ކަމަށެވެ. އަދި މީހުންގެ ގޮވެލިތަކަށް ނުބަލާ ކުރިޔަށް ދާނަމަ ކާމިޔާބުވާނެ ކަމަށް ވެސް ވިދާޅުުވިއެވެ.

Ads by Allied Insurance
  1. މުހައްމަދު

    މިތިބަ މުނާފިގު ބަޔެއް ދޯ. ހުސް ދައްޖާލުން އަދާލަތުގަ ތިބީ

  2. ރަދީފް ހުސެން

    ނުފާފިގުންގެ ސިފަޔަކީމީ،

  3. ނާހް

    ޢަދާލަތަށް އެހާރުޅި ބާލާއިރު ވިސްނަންވާ ކަންތައްތަކެއް އެބަހުރި. ފުރަތަމަ ކަމަކީ އެޕާރޓީއަށް ރައްޔިތުން ބާރުތަކެއް ޙަވާލު ކުރިތޯ! ރައްޔިތުންގެ މަޖިލިސްގެ އެންމެ ގޮނޑިއެއްވެސް ދިންތޯ!. ޢިމްރާން ބޭނުންވާ ގޮތަށް ވަރަށް ގިނަކަންކަން މިސަރުކާރުގެ ތެރޭގައި ނުހިނގާ ހުންނާނެކަން ޔަޤީން. އެކަމާއިމެދު ހިތްހަމަ ނުޖެހި ހުންނަވާ، މިހާރު އެހުރި މަޤާމުން ފެއަށް ނުޖެހިވެސް އެހުންނަވަނީ އެގޮތަށް އެކަންކުރައްވައިފިނަމަ އޭގެ ނަތީޖާއަަކަށް ވާނީ މިހާރަށްވުރެވެސް ކަންކަން ގޯސް ވުން. މާނައަކީ އެމް ޑީ ޕީ އަށް ދެވޭ އިތުރު ފަހި ފުރުޞަތަކަށް އެކަންވެ އެޕާރޓީގެ ބައެއް އިސް ފަރާތްތަކުގެ ދީނާއި ބީރައްޓެހި ގޮތްތަށް ފަތުރަން މާބޮޑަށްވެސް ފަސޭހަވެގެން ދިޔުން، މިޙަޤީޤަތް އެބަ ޤަބޫލުކުރަންޖެހޭ.