ޚަބަރު

ޝާހިދަށް ގުއާޓަމާލާގެ އެންޓޯނިއޯ ހޯޒޭ ޑި އިރިސަރީ ޢިއްޒަތް އަރުވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުالله ޝާހިދަށް އަރުވައިފިއެވެ.

Ads by Hajj Corporation

ބައިނަލްއަޤްވާމީ ފެންވަރުގައި ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށް ގުއާޓަމާލާއިން ދެމުން އަންނަ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް މިނިސްޓަރު ޝާހިދަށް އަރުވާފައި ވަނީ އެ ޤައުމުގެ ވެރިކަން ކުރާ ސިޓީގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ޤައުމުން ޝާހިދަށް މި ޢިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި ޝާހިދު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އޭގެ އިތުރުން އދ. އިތުރަށް ހަރުދަނާ ކުރުމަށް ޝާހިދު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

1973 ވަނަ އަހަރުން ފެށިގެން ގުއާޓަމާލާއިން ދެމުން އަންނަ ޢިއްޒަތް ނިސްބަތްވަނީ އެ ޤައުމުގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!