ޚަބަރު

މާދަމާ ޙައްޖުވެރިން މާލެ އަންނަން ފަށާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އިސްލާމިކް މިނިސްޓްރީން ހައްޖުވެރިން ރާއްޖެ އަންނަން ފަށާނީ ރާއްޖެގަޑިން ހެނދުނު 10:10ގައި ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެވެ. މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރު ދުވަސް އަދި ހަފްތާގެ ބުދަ ދުވަހު އޮންނަ ފްލައިޓްގަ އެވެ.

މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ ޖުމްލަ 117 ޙައްޖުވެރިންނެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!