ޚަބަރު

ސްޓެލްކޯ ދުން އަރާ އިންޖީނުތައް އެހެން ތަނަކަށް ބަދަލުކުރާނަން: ޝަރީފް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

މާލޭގައި ހުންނަ ސްޓެލްކޯގެ ދުން އަރާ އިންޖީނުތައް އެހެންތަނަކަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދުމުގެ އަސަރު ކުރާތީ ދުންހޮޅިތައް އުސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށް ފަހު އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ވިސްނުން ހުރީ އިންޖީނުގެތައް އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށެވެ.

""އެ ޕްލާންޓްތަކަކީ ވަރަށް ކުރިން އުފައްދާފައި ހުރި ޕްލާންޓްތަކަކަށްވާއިރު އެއީ ސައުންޑް ޕްރޫޕް ތަކެއްޗެއް ނޫން. ދުން ހޮޅީތައްވެސް ހުރީ އިމާރާތެއްގެ 3 ވަނަ ފަންގިފިލާއަކާ އެއްހަމައެއްގައި. އެހެންކަމުން ދުމުގެ އަސަރު އެބަކުރޭ އެކަން ހައްލުކުރުމަށް ބައެއް އިންޖީންތައް ވަނީ އެ ސަރަޙައްދުން އެހެންތަންތަނަށް ބަދަލުވެސް ކޮށްފައި" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދުމުގެ އަސަރު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދުންހޮޅިތައް ނެގުމަށްފަހު އައު ދުންހޮޅިތައް ޖެހުމަކީ އެހާމެ ޚަރަދުބޮޑު މަސައްކަތަކަށް ވާނެކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާ އުނދަގޫވާ ހިސާބުތަކުގައި ހުރި ޖަނަރޭޓަރުތައް އެހެން ދިމާލަކަށް ބަދަލުކޮށް ބޭނުންކުރުމަށް ޕްލޭން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އިންޖީންތަކުގެ އަޑު މަޑުކުރުމަށްޓަކައިވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރެވޭނަމަ ބޮޑުތަނުން ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ކަން ފާހަގަކުރައްވައި އެކަމަށް ގިނަ މަސައްކަތްތަކެއް މި އަހަރު ކުރައްވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!