ޚަބަރު

ޕީޕީއެމްގެ ވެރިކަމެއްގައި މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަން: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

މަސްދަރު ހާމަ ކުރެވޭ ގޮތަށް، ސަރުކާރުން ހުށަހަޅައިގެން ހެއްކާ ބެހޭ ޤާނޫނަށް ގެނެސްދީފައިވާ އިސްލާޙް ޕީޕީއެމްގެ ސަރުކާރެއްގައި އުވާލާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެއްކާ ބެހޭ ބިލަށް ގެނައި އިސްލާޙާއި ގުޅިގެން ނޫސްވެރިންނާއި އިދިކޮޅުން ދަނީ ކަންބޮޑުވުންތައް ފާޅު ކުރަމުންނެވެ. މިކަން މިހެން އޮއްވާ ސަރުކާރުން ވަނީ މިކަން ދިފާއުކޮށްފައެވެ. ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ނޫސްވެރިކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމެވެ.

މިކަމަށް ރައްދުދެއްވަމުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަސްދަރު ހާމަކުރާ ބިލް ސަރުކާރުން ތަސްދީޤު ކުރުމަށްފަހު ދައްކަނީ ބަހަނާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ނޫސްވެރިންނަށް ބިރުވެރިކަމާއި ނޫސްވެރިކަން ކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވިއެވެ.

"މަސްދަރު ހާމަކުރާ ބިލް ސަރުކާރުން ތަސްދީޤު ކުރުމަށްފަހު ދައްކަނީ ބަހަނާ. ނޫސްވެރިންނަށް ހުރި ބިރުވެރިކަމާއި ގޮންޖެހުންތައް ވަރަށް ގިނަ. " އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ހެއްކާއި ބެހޭ ޤާނޫނުގެ މަސްދަރު ހާމަ ކުރަން ޖެހޭ މާއްދާ އުވާލާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!