ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެ އަތުވެއްޖެ

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެ އަތުވެއްޖެއެވެ.
ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ރާއްޖެ އައީ ހެނދުނު 10:28 ގައެވެ. މި ގުރޫޕުގައި ހިމެނެނީ 175 ޙައްޖުވެރިންނެވެ.
ފުރަތަމަ ގުރޫޕް އައީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައީ 157 ޙައްޖުވެރިންނެވެ.
ރާއްޖެއިން މި އަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ.
މި އަހަރުގެ ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕު ރާއްޖެ އަންނާނީ މި މަހުގެ 27 ގައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

Ads by Allied Insurance