ޚަބަރު އިޖުތިމާޢީ

ވަގުއިބޫ'' ހޭޝްޓެގް ބޭނުންކުރަމުންދާ މީހުން ކުއްލިއަކަށް އިތުރުވެއްޖެ''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ''ވަގުއިބޫ'' ހޭޝްޓެގް ބޭނުންކުރަމުންދާ މީހުން ކުއްލިއަކަށް ގިނަވެއްޖެއެވެ.

Ads by STELCO

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާމެދު ނުރުހުން ފާޅުކޮށް, ''ވަގުއިބޫ'' ހޭޝްޓެގް ބޭނުން ކުރަމުންދާ މީހުން އިއްޔެއާއި މިއަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ ގޮތުން އެ ޓެގް ބޭނުންކުރި އެކަކު ބުނި ގޮތުގައި ‏ދިވެހިރާއްޖެ ތާރީޚުގައި އިޤްތިޞާދީ ގޮތުން ދަށައް ނުދާވަރަށް ‎ރައީސް ޞާލިޙްގެ ވެރިކަމުގައި ދަށަށް ގޮސްފިއެވެ. އަދި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ޤައުމަށް ލިބި އަންނަން އޮތް ޖީލުތަކާ ހަމައަށް އެކަން ވާސިލްވާނެކަމަށް އޭނާ ބުންޏެވެ.

''ވަގުއިބޫ'' ހޭޝްޓެގް ޖައްސަވައި ޤާނޫނީ ވަކީލު މުޙައްމަދު ޝަހީދު މިއަދު ވިދާޅުވީ ‏ކޮވިޑް ތެރޭގައި ހިލޭ އެހީގެ ގޮތުގައި 9 ބިލިޔަން ޑޮލަރު ލިބުނުކަމަށް ސަރުކާރުން ބުނި ނަމަވެސް ދައުލަތުގެ މާލިއްޔާއިން އެ ފެންނާކަށް ނެތް ކަމަށެވެ.

''ދަރަނި މަތިމައްޗަށް ނަގައި ދައުލަތް ލޫޓުވާލި މީހެއް ރައީސް ޞާލިޙަކީ.'' އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ހޭޝްޓެގް ބޭނުންކޮށް އެހެން މީހަކު ކުރި ޓުވީޓެއްގައި ބުނީ ‏ޤައުމު ލޫޓުވާލި, އަމިއްލަ ޕާޓީ ލޫޓުވާލި, ޕްރައިމަރީ ޓިކެޓް ލޫޓުވާލި, ވޯޓް ވެސް ލޫޓުވާލި ރައީސް ޞާލިޙް ނޭގޭ އެކަކު ވެސް މި ފަސްގަނޑަކު ހުންނާނެހެން ހިއެއްނުވާ ކަމަށެވެ.

އަދި ކ.ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމިން މުޙައްމަދު ވިދާޅުވީ ‏ޚަޒާނާ ލޫޓުވާލީ ‎ރައީސް ޞާލިޙްގެ ރަހުމަތްތެރިންނާ ގާތްތިމާގެ މީހުންނަށް ބަހާލައިގެން ކަމަށެވެ.

Ads by Ooredoo
  1. ދަރަނި ދަންތުރަ

    އިބޫ މިއީ ހަމަ ފައްކާ ބޮޑު ވަގެއް

  2. ހަސަންބެ

    ހިޔާލު ފާޅު ކުރަން ދިނީމަ ރަގޅެއް ނޫން ޔާމީީން ދުވަސް ވަރު އޭނަ ހެދީ ހަމަރަގޅއް ކޮން ހިޔާލެއް މަސްދަރެއްތަ

  3. ޢަލީ

    އަމާ ފުޔޭ ލިޔެބަލަ ފަޑަބޮޔާ