ޚަބަރު

ކުއްޔަށްދޭ ތަންތަނުގެ ކުލީގެ އަގު ދަނީ ބޮޑުވަމުން: އެމްއެމްއޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ކުއްޔަށްދޭ ތަންތަނުގެ ކުލި ބޮޑުވަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

Ads by STELCO

މަރުކަޒީ ބޭންކް އެމްއެމްއޭއިން ނެރުނު މި އަހަރުގެ ފުރަަތަމަ ކުއާޓާރގެ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިދިޔަ މާޗުގެ ނިޔަލަށް ކުލީގެ އަގުތަކަށް ވަނީ 0.6 އިންސައްތައިގެ އިތުރުވުމެއް އައިސްފައެވެ.

މިއީ ކުލީގެ އަގު ޖެހިޖެހިގެން ބޮޑުވި ތިންވަނަ ކުއާޓާރއެވެ. އެމްއެމްއޭއިން ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކުލީގެ އަގު ދަށަށް ދިޔަ ނަމަވެސް އޭގެ ފަހުން ކުލީގެ އަގުތައް ބޮޑުވަމުންދާ ކަމަށެވެ.

ބޭހުގެ އަގުތަކުން %9 އަދި އެސިސްޓިވް ޕްރޮޑަކްޓްތަކުގެ އަގުން %8 ބޮޑުވެ، ސިއްހީ ދާއިރާގެ އިންފްލޭޝަން ރޭޓަށް %4ގެ އިތުރުވުމެއް އައި

އޭގެ އިތުރުން މަހުގެ ބާވަތްތަކުގެ އަގަށް 5 އިންސައްތައިގެ އިތުރުވުމެއް އައިއިރު, ސިއްހީ ދާއިރާގެ އިންފްލޭޝަން ރޭޓަށް 4 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.

އެމްއޭއިން ބުނީ މި އަހަރުތެރޭގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ވަރަށް ބޮޑަށް މައްޗަށްދާނެ ކަމަށެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމެވެ.

Ads by Ooredoo
  1. ކަޅުބުޅާ

    ހަގީގަތަކީ ފުލެޓްތަކާ ގުޅިގެން ކުލިދަނީ ދަށްވަމުން، އެއްޗެކޭ ކިޔައިގެން މާލޭބިމުވެރިންނަށް ނުއަގުގާ ސަރުކާރަށް ތަންތަން ނަގަން ދައްކާ ވާހަކަ. ހުސްވަގުން

  2. އަބްދޫ

    ކަރަންޓާއި ފެންވެސް ދަނީ ބޮޑުކުރަމުން އަގު ބޮޑެއްނުކުރޭ ފެނާއި ކަތރަންޓް ވެސް ކަސްތަމަރުން ބޭނުންކުރާ މިންވަރު ގިނައެއް ނުކުރޭ އެކަމަކު ބިލް ބޮޑުވޭ. ކުރިން މިބުނަނީ ކުިރިޔަށް ހުރި މަސްތަކުގަ ބިލް ބޮޑުވާނެވާހަކަ. ކަރަންޓް ޔުނިޓް މިބަލަނޫ ީ ޕަވަރ 110 އާއި 240 އާއިދެމެދުން ކޮންމެވެސް އަދަެއްގަ ބެހެއްޓުމަށްފަހު އެއީ 230 ކަމުގާ ވެސް ވެދާނެ. 100 ވޯޓްގެ ބޮތްކެއް 10 ގަޑިއިރު ދިއްލާފަ ބެހެއްޓީމަ އެއް ޔުނިޓް ހިގާގޮތަށް. ޖިޑިޓަލް ވިޔަސް ކަރަންޓް ޔުނިޓް ހިގާނީ މިގޮތަށް 230 ގަ ބަހައްޓއިގެން ޓެސްޓް ކުރުމަށް ފަހު ޕަވަރ 231 ނުވަތަ 229 އަށް ބަދަލު ކޮށްފިނަމ ލަސް ވުމާއި އަވަސް ވުން އެބައޮތް. މީޓަރ ބާރަށް އެބުރޭނަމަ ޔުނިޓް ގިނަވާނެ މީޓަރ ލަސް ވާނަމަހިގާ ޔުނިޓް މަދުވާނެ، ފެންވެސް ދޫކުރާ ޕަވަރ މަތިކޮށްފިނަމަ ދޫކޮށްލާއިރަށް ގިނައިން ފެން ދަތުރުކޮށްފާން ބިލް ބޮޑުވާނެ ޕަވަރ ދަށް ކޮށްފިނަމަ ފެނުގެ ޔުނިޓް މަދުވާނެ. ކުއްލިޔަކަށް ކަރަންޓް ބިލް ބޮޑުވާނެޔޭ ބުނީމަ ހައިރާންވޭ ގޭގޭގަ ބޭނުން ކުރާތަކެތި އިތުރެއްނުވޭ. ކުރިންވެސް ބިލްހަދނީ މަސްދުވަހަށް .މިހާރުވެސް މަސްދުވަހަށް،

  3. ޙުސސެނ

    މުދަލުގެ އަގު ބޮަދުވެ ތަންތަނުގެ ކުލިިގެ އަގު ބޮދުވުމުން މުއައްޒަފުންގެ މުސަަރަ ބޮދުކޮޮއްދެ ނަމަ ކިހަ ރަނގަލުދޮ

  4. ސުންދުރަ

    ކުލި ދަނީ ހަމައަކަށް އެޅެމުން . މިހާރު ފެންވަރު ދަށްކޮށް ހަދާފައި ހުންނަ ތަން ތަން ނުއަގުގައި ނުދެވޭނެ. ކުރީގައި ކޮންމެ ހާލެއްގައި ހުރި ނަމަވެސް 3 ކޮޓަރި އެއީ 25 ހާސް ދެކޮޓަރި އަކީ 18 ހާސް. މިހާރު މިއަގުގައި ދެވޭނީ ފެންވަރު ރަނގަޅު ކޮށް ހަދާފައި ހުންނަ ތަންތަން