ޚަބަރު ރައްޔިތުންގެ މަޖިލިސް

ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބާއްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން
މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެެއް ބާއްވަން
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

Ads by Hajj Corporation

މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފައެވެ. އަދި އެކަމަށް ޚާއްސަ ފޯމު މަޖިލިސް އިދާރާއިން ލިބޭނެއެވެ.

މި ދެ މުބާރާތް ވެސް ބާއްވަނީ ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ.

https://twitter.com/mvpeoplesmajlis/status/1551044690673565696?t=dwJneuWP_2Dth3c9PkkdpQ&s=19

މުބާރާތްތަކުގައި ބައިވެރިވެވޭ ޢުމުރުފުރާތައް:

35 އަހަރުން މަތި (01 ސެޕްޓެމްބަރު 2022 އަށް 35 އަހަރު ފުރިފައި)

35 އަހަރާއި 18 އަހަރާ ދެމެދު (01 ސެޕްޓެމްބަރު 2022 އަށް 18 އަހަރު ފުރި 35 އަހަރު ނުފުރޭ)

18 އަހަރާއި 14 އަހަރާ ދެމެދު (01 ސެޕްޓެމްބަރު 2022 އަށް 14 އަހަރު ފުރި 18 އަހަރު ނުފުރޭ)

14 އަހަރުން ދަށް (01 ސެޕްޓެމްބަރު 2022 އަށް 14 އަހަރު ނުފުރޭ)

https://twitter.com/mvpeoplesmajlis/status/1551044911654666241?t=kfwskMNYuAHYqx5A6cRuhg&s=19

މުޅި މުބާރާތުން އެއްވަނައަށް -/5000 ރުފިޔާ ދޭއިރު ދެވަނައަށް -/4000 ރުފިޔާ އަދި ތިންވަނައަށް -/3000 ރުފިޔާ ދިނުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!