ޚަބަރު

ޚަރަދު ކުޑަކުރުމުގެ ގޮތުން މި ފަހަރު ފުޅަނދުބުރެއް ނުބާއްވާނެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި ފުޅަނދުބުރެއްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޚަރަދު ކުޑަކުރުމުގެ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި ފުޅަނދުބުރުގެ ހަރަކާތްތައް ކެންސަލްކޮށްފިއެވެ.

Ads by Sosun Fihaara

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ހަފްސީ ޢަބްދުﷲ އާ ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި މި ފަހަރު ބާއްވާނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަންޏެވެ. އަދި އިތުރު ހަރަކާތެއް ނުބާއްވާނެ ކަމަށެވެ.

އެ ގޮތަށް ނިންމީ މިި އަހަރުގެ މިނިވަން ދުވަސް ދިމާވަނީ އިގުތިސާދީ ހާލަތަށް ބަލައި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ދުވަސްވަރަކަށް ވާތީ ކަމަށެވެ.
ނަމަވެސް ފުޅަނދުބުރު ކެންސަލް ކޮށްފައި މިވަނީ ޚަރަދު ކުޑަކުރަން ސަރުކާރުން ނިންމި ވަގުތު އެފަދަ ހަރަކާތެއް ބާއްވަން ކުރިން ނިންމުމުން އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.

ޚަރަދު ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް ސާކިއުލާއެއް ފޮނުވީ މިދިޔަ ޖޫންމަހުއެވެ.

Ads by Allied Insurance
  1. ހިސާނު

    ހަހަހަހަަހަހަހަހ