ޚަބަރު ސިޔާސީ

ރާއްޖެ ފެއިލްޑް ސްޓޭޓަކަށް ވީ ގޮތް, ޝަރީފް ވިދާޅުވެދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ރާއްޖެ ފެއިލްޑް ސްޓޭޓަކަށް (ނާކާމިޔާބު ދައުލަތަކަށް) ވީ ގޮތް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެ ފެއިލްޑް ސްޓޭޓަކަށް ވީ ގޮތް ޝަރީފް ވިދާޅުވެދެއްވީ, ރައީސްއަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުކުރެވޭނެ ކަމަށާއި, ސަރުކާރުގަ ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސް ރަނގަޅުވެގެން މެނުވީ ޤައުމު ރަނގަޅު ނުވާނެކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

އެ ގޮތުން ޝަރީފް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖެ ފެއިލްޑް ސްޓޭޓަކަށް ވީ ސަބަބުތައް ވަރަށް ސާފުކޮށް ބަޔާންކުރައްވައިފައެވެ.

އޭގެ އެއް ސަބަބެއްކަމަށް ވިދާޅުވީ ހިންގުންތެރިކަމެއް ނެތް ވެރިންނާއި ޢާއިލީ މީހުން ގިނަވުމެވެ. އަދި ސަރުކާރު ސްލޯވުމާއި ކޮރަޕްޝަނާއި ފާހިޝް އަދި މުންކަރާތްތައް ގިނަވިއިރު ފިޔަވަޅު ނޭޅުމަކީ އިތުރު ސަބަބުތަކެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒިންމާ އަދާނުކުރާ މީހުންނާމެދު ޑިސިޝަން ނުނެގުމަކީ ވެސް ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!