ޚަބަރު ސަރުކާރު

ރައީސް ޞާލިޙް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
President of Maldives
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

ޓީވީއާއި ރޭޑިއޯ މެދުވެރިކޮށް ރައީސް ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.

ރައީސް ޤައުމާ މުޚާތަބު ކުރެއްވި ނަމަވެސް މި ފަހަރު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއެއް ނުބާއްވާނެއެވެ. މީގެ އިތުރުން މިިނިވަންދުވަހު ހޯމް މިނިސްޓްރީން ބާއްވަން ނިންމި ފުޅަނދުބުރު ވެސް ވަނީ ކެންސަލްކޮށްފައެވެ. އެ ގޮތަށް ނިންމީ ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.

އެހެންކަމުން މިނިސްޓްރީން ހަމަޖައްސާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު އެކަނި ބާއްވާށެވެ.

މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ ހިމާޔަތުން ވީއްލި, ރާއްޖެއަށް ފުރިހަމ މިނިވަންކަން ލިބުނު ދުވަހެވެ.

Ads by HDC
  1. ޙަދިސައިބު

    ފިރިހެން ކުޅިއަށް ތާއީދު ބާ ނޫނީ ނުރުހުންބާ؟؟؟؟؟؟؟؟؟،،،،

  2. ސުސޫ

    ފިރިހެންކުޅިޔައްބާރުއިެޅުމަށްއެނޫންދެންކޯޗެތްއެ

    ކިޔާނީއެއީވަރައްމަޖާކުޅިޔެކޭކަލޭމެންއެމަސައްކަތް

    އަވަހަށްފަށާށޭމިއޮތީމިނިވަންދުވަހޭމިކަހަލަދުވަހަ

    ކުދަނޑިތަށްޖޯޑުކޮއްލަންމާރަގަޅުވާނޭކިޔަންއެއުޅެނ8