ޚަބަރު

އާ އަހަރުގެ ޝޯ ބާއްވަންޖެހޭ: ރައީސް ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

އާ އަހަރުގެ ޝޯ ބާއްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

"އެލެކްސް އަހްމަދު" ގެ ނަމުގައި އެމަނިކުފާނު ބޭނުން ކުރައްވާ ޓްވީޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޝޯ ބޭއްވެންޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އާ އަހަރުގެ ޝޯ ފާހަގަކުރަން ނިންމާފައިވާތީ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް އެކަމަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް މަޖުބޫރު ކުރުވައިގެން އެކި ނަންނަމުގައި ޓެކްސްތައް ނަގާފައި، އެ ފައިސާކޮޅުން ﷲ ހަރާމްކުރެއްވި މިޔުޒިކް ޝޯތައް ބާއްވައި، ހަވާއަރުވައި ބޭނުމެއް ނެތް ގޮތުގައި ފައިސާ އެންދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ވިސްނާވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

އާ އަހަރު ފާހަގަކުރުމުގެ ޝޯ މި އަހަރު ވެސް ކުލަގަދަކޮށް ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!