ޝެއިޚް އިމްރާންގެ އިލްތިމާސެއް: ޚިޔާލު ތަފާތު ވިޔަސް، އަޚްލާޤިއްޔަތަށް ވިސްނަން ޖެހޭ
ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތު ވިޔަސް، ރިވެތި އަޚްލާޤަކީ ދުނިޔެއަށާއި އާޚިތަރަށްވެސް މުހިންމު ކަމެއް ކަމަށާއި އެކަމަށް ރައްކާތެރިވުމަށް ސިޔާސީ ލީޑަރުންނަށް، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފައިން ވިދާޅުވެފައިވަނީ، ރައީސް ޞާލިޙް ޒިނޭ ކުރެއްވި ކަމަށާއި އެކަން ކުރާ ފޮޓޯއެއް އެބަހުރި ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އިމްރާން ކުރެއްވި ޓްވީޓްގައި ވަނީ ސިޔާސީ ވިސްނުމާއި، މަސައްކަތުގައި ޚިޔާލު ތަފާތު ވިޔަސް، އަޚްލާޤަށް ރައްކާތެރިވުމަށް ގޮވާލާފައެވެ.
"ސިޔާސީ ވިސްނުމާއި، މަސައްކަތުގައި ކިތަންމެ ޚިޔާލު ތަފާތު ވިޔަސް، ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުން ހިފަހައްޓަން ޖެހޭ، އަޚްލާޤިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ލީޑަރުން ވިސްނަން ޖެހޭ" އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މި އިމްރާނޭ ކިޔާ ކަލޭގެ ރައީސް ޔާމީނުގެ އިސްތަށިފުޅުގައި މީހެއްގެ މަރުގެ ތުހުމަތު އެޅުވި. އެކަމަކު ލަދެއް ނުގަތެއްނު، އެހެން މީހުންނަށް ނަސޭހަތް ދޭކަށް.