ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑަށް ފައްސި ވެއްޖެ

ރާއްޖެ އައި އިތުރު ފަތުރުވެރިޔަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު(އެޗްއީއޯސީން) މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފައްސިވެފައި ވަނީ އޮބްލޫ ސަން ރިސޯޓަށް އައި ޔޫކޭގެ ފަތުރުވެރިއެއް ކަމަށާއި އޭނާ މިވަގުތު ހުރީ ރިސޯޓްގައި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހާ ފައްސިވީ ރާއްޖެއިން ފުރުމަށް ކުރި ޓެސްޓުން ކަމަށާއި މިހާރު އޭނާގެ އާއިލާ ޓެސްޓް ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި އެމެރިކާގެ ފަތުރުވެރިއަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.