ޚަބަރު ސިޔާސީ

''ރައީސް އިބޫ މާޒީއާ އެކުވެ ނިމިއްޖެކަން އިންޑިއާއިން ވެސް ގަބޫލުކޮށްފި''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެން ރާއްޖޭގެ ވެރިކަމެއް ދެން ލިބިވަޑައެއްނުގަންނަވާނެ ކަމަށާއި, ''ރައީސް އިބޫ މާޒީއާ އެކުވެ ނިމިއްޖެކަން އިންޑިއާއިން ވެސް ގަބޫލުކޮށްފި'' ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަޢުވަތަކަށް ރައީސް ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ޢިޝާރަތްކުރައްވައި މަލީހް ވިދާޅުވީ އެ ދަތުރުފުޅަކީ ''ބޮޑު ފެއިލިއާއެއް'' ކަމަށާއި, ދަތުރުފުޅުގައި ގޮތްނޭގޭ ކަންކަން ހިނގައިފި ކަމަށެވެ.

''ރައީސް އިބޫގެ އިންޑިއާ ދަތުރަކީ ބޮޑު ފެއިލިއާއެއް. ދަތުރުގެ ގޮތް ނޭނގޭ ކަންކަން ހިނގައިފި. ފޮރިން މިނިސްޓަރު ޝާހިދު ބައިވެރި ނުވި. ހައުސިން މިނިސްޓަރ އަސްލަމް ނުގެންދިޔަ.''

މަލީހް ވިދާޅުވީ އެ ދަތުރުފުޅުން ލިބުނު ފިލާވަޅަކީ ''ރައީސް އިބޫ މާޒީއާވެ ނިމިއްޖެކަން އެ ކޮޅުން ވެސް ޤަބޫލުކޮށްފިކަން'' ކަމަށެވެ.

މަލީހް މިހެން ވިދާޅުވިއިރު ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އެ ޤައުމުގެ ޖަނަވާރާބެހޭ ވަޒީރެވެ. އެކަމާ ގުޅިގެން ފާޑުކިޔުންތައް މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!