ޚަބަރު

ނަޝީދުގެ ފޯނު މީހަކު ޖަހައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޯނު މީހަކު ޖަހައިގެންފިއެވެ.

Ads by Hajj Corporation

އެކަން ހިނގީ އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށެވެ.

މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މިއަދު ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް ހިއްސާކުރައްވައިފައެވެ.

އެ މެސެޖުގައި ބުނެފައިވަނީ އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގަނެގެން ދުވެ ފިލާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަންބަރު ބްލޮކް ކުރުމަށް މެސެޖުގައި އެދިފައިވެއެވެ.

Ads by Allied Insurance
  1. އަލި ކަތީބް

    ތީ ރޭވުމެއް