ޚަބަރު ޝަރުޢީ ދާއިރާ

ޝައިޚް ނިޝާން ބަންދުކުރަން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އައްޝައިޚް އާދަމް ނިޝާން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

Ads by STELCO

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކޮށް ނިޝާން ހައްޔަރުކުރީ ޖޫންމަހުގެ 22 ގައެވެ.

ޝައިޚްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު ޙުކުމް ކުރީ އެ ނިންމުން ބާތިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ނިންމުން ބާތިލު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދާއި ފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ޙުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދެވެ.

  1. ޔޯގާވެސް ހުއްދަ އެއްޗެއް ކަމުގައި ދެކޭ ފަޑިޔާރަކު ނުންތޯ ރިޔާސަތުވެސް ބެލެހެއްޓެވީ އެހެންވީމާ ދަމަހައްޓާނެތާ !

  2. އަލިހޮއްކޮ

    ތިޔައީ ކޯރޓުން ދާއިމީ ބަންދެއްގައި ބައިތިއްބަންޖެހޭ މީހެކެވެ. ފެށުނީއްސުރެން ދަރުހެއް ދިނަސް ނަސޭހަތެއް ދިނަސް ފިތުނަފަސާދަ އުފައްދަން އަބަދުވެސް ވާހަކަ ދައްކާ މީހެކެވެ. ފައްކާ ޚަވާރިޖް ފިކުރުގެ އެ ފިކުރު ފަތުރާ މީހެކެވެ. ރަގަޅެވެ. ދޫނުކުރައްވާތިއެވެ.