ޚަބަރު

ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި, ލާރިއެއް ދޭން އުޅެނިކޮށް ފެނުނީ ދުއްވައިގަތް ތަން: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އިއްޔެ ވަނީ ރައީސް ނަޝީދުގެ ދަރިކަނބަލުން ފޮނުވި މެސެޖެއް މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި އިއްޔެ ހިއްސާކުރައްވައިފައެވެ. އެ މެސެޖުގައި ވަނީ އިނގެރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ރައީސް ނަޝީދު ފަރިއްކުޅުއްވަން އިންނަވަނިކޮށް މީހަކު އައިސް ފޯނު ޖަހައިގަނެގެން ދުވެ ފިލާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަންބަރު ބްލޮކް ކުރުމަށް ވެސް ދަރިކަނބަލުން އެދިފައިވެއެވެ.

މިހާރަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ރެސްޓޯރެންޓެއްގައި ދަރިކަނބަލުން މީރާ ލައިލާ ނަޝީދާއެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ޖަހައިގަތީ ސަލާންޖަހަން އުޅެނީކަމަށް ހަދާފައި އައި މީހަކު ކަމަށެވެ. އަދި އޭނާއަށް ލާރިއެއްދޭން އުޅެނިކޮށް ފެނުނީ ދުއްވައިގަތް ތަންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްއެންޑީއެފްގެ ސެކިއުރިޓީ ގާޑް ވެސް އެ ތަނުގައި އިން ކަމަށެވެ. ނަަމަވެސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ގާޑް އިނީ ދަރިކަނބަލުންނާއެކު އެކަނި އިންނަވަން ބޭނުންފުޅުވާތީ އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އެހެންކަމުން ގާޑްގެ ކުށެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނުރަބޯ

    ދޮގުބުހުތާންދޮގު. މަތީފެންވަރުގެ ރެސްޓޯރެންޓަކާ ހަތަރުދަން ފަށަށްވެސް ސަލާންޖަހާ މީހަކަށް ކައިރި ނުވެވޭނެ.

  2. އަބްދޫ

    މީނަ ސަލާންޖަހަން ރެސްޓޯރަންތަކަށް ވަދެ ހުއްޓާތަ ފޯނު ޖަހައިގަތީ

  3. މަހަމޫދު ހުސޭނު

    މީނަމި ފޭކުޖައްސަނީ. މިވަރުމީހަކަށް ރައީސްނަޝީދު ކިޔަންވެސް ލަދުހީވޭ.