މާލެ ސަރަހައްދުގެ ކަނޑާއި އެއްގަމުގައި ސިފައިން އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދަނީ
![](https://dhen.mv/wp-content/uploads/2022/08/large_151143985136OC1N-850x548.jpeg)
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފުގެ އެ ތަމްރީންތައް ކުރިއަށްގެންދާނީ މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއި ތިލަފުށްޓާއި ގުޅީފަޅުގެ ކަނޑާއި އެއްގަމުގައި ކަމަށެވެ.
އެ ގޮތުން އެ ޖޮއިންޓް އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން 17 އޮގަސްޓު އަށްކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެ އެކްސަސައިޒްގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.