އަމިއްލަ ބިމުން ބޭރުކޮށްލާ ހިސާބުގަ ހުންނަން މި ޖެހެނީ, ހަނދާން ވަނީ މެދު އިރުމަތި: ޝާނީ
އާދައިގެ ނިކަމެތި މާލޭ މީހާ ދެން ޖެހޭނީ މާލެ ދޫކޮށް ދާން ކަންނޭނގެ ކަމަށާއި މިހާރު މި ހުރީ އަމިއްލަ ބިމުން ބޭރުކޮށްލާ ހިސާބުގައިކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް ޝާނީޒް (ޝާނީ) ބުނެފިއެވެ.
މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯއްޗާއި, ގުޅިފަޅުން 2000 ގޯތި ދޫކުރަން ނިންމައި މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހު ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅު ހިއްކައި ނިމުމުން އެ ތަނުން ވެސް 2000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.
ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އަންނަނީ ހޫނު ބަހުސެއް ކުރެއްވެމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ހުޅުމާލޭގެ ބިން ވަކި ބަޔަކަށް ހިލޭ ދިނުމަކީ ފާޅުގައި ސަރުކާރަކުން ހިންގާނެ އެންމެ ބޮޑު ޖަރީމާއެވެ. ބައެއް ބޭފުޅުން ވިދާޅުވެފައިވާާ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ އަގުހުރި ބިން މަދު ބަޔަކަށް ހިލޭ ދިނުމަކީ އެއް ގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ.
ޓުވިޓާގައި ޝާނީ ބުނީ އާދައިގެ ނިކަމެތި މާލޭ މީހާ ދެން ޖެހޭނީ މާލެ ދޫކޮށް ދާން ކަންނޭނގެ ކަމަށާއި މިހާރު މި ހުރީ އަމިއްލަ ބިމުން ބޭރުކޮށްލާ ހިސާބުގައިކަމަށެވެ. އަދި ހަނދާން ވަނީ މެދު އިރުމަތިކަމަށް އޭނާ ބުންޏެވެ.
މާލޭ މީހުން އުޅެނީ ގެދޮރު ބޮޑު އަގުގައި ކުއްޔަށް ދީފައި ރާއްޖެއިން ބޭރުގައިކަމަށް މީހަކު ބުނުމުން ޝާނީ ބުނީ އޭނާގެ ނަމުގައި މާލޭގައި އެއްވެސް ތަނެއް ނުހުންނާނެ ކަމަށެވެ.
''މަގޭނަމުގަ ނެތޭ އެއްވެސް ތަނެއް މާލޭގަ، އޮތް ނަމަތާ ކުއްޔަށް ދީފަ ޕެރިހަށް ދެވޭނީ ވެސް. އަދި ނުދެވޭ މެލޭޝިއާ ބަލައިލަން ވެސް.''
ޝާނީ ބުނީ މާލޭގެ އާދައިގެ ރައްޔިތުމީހާގެ ހަޔާތެއް ވޭތުވެގެންދަނީ އަމިއްލަ ގެދޮރެއްގެ އިންތިޒާރުގައި ކަމަށާއި, މާލެ މީހަކަށްވީތީ ހުންނަންޖެެހެނީ ކުށްވެރިވާ ހިސާބުގައި ކަމަށެވެ.
''މި ނޫން ގޮތެއް ހަމަނެތީބާ؟ އެމީހަކު އުޅެ ބޮޑުވި ރަށުން އެ މީހަކަށް ގެދޮރު ހައްޤު.'' އޭނާ ބުންޏެވެ.
މާލޭ މީހުންނޭ